English Edition
Dhivehi Edition

ސަރުކާރުގެ ކެބިނެޓަށް މިއަދު އަންނަމުންދާ ބޮޑު ބަދަލުގެ ތެރެއިން، ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ތޯރިގް އިބްރާހިމްގެ އިސްތިއުފާއާއެކު، މިއަދުގެ މިހާތަނަށް ކެބިނެޓުން ވަކިވި ވަޒީރުންގެ ޖުމްލަ އަދަދު އަށަކަށް އަރާފައެވެ. ރައީސް އޮފީހުން ވަނީ މި ބޭފުޅުން އިސްތިއުފާ ދެއްވިކަން މިހާރު ކަށަވަރުކޮށްދީފައެވެ.

މި ބޮޑު ބަދަލު އައިސްފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ފޮރިން މިނިސްޓަރު، ޑިފެންސް މިނިސްޓަރު، ހެލްތު މިނިސްޓަރު، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު، ލޯކަލް ގަވަމެންޓް މިނިސްޓަރު، އެގްރިކަލްޗަރު މިނިސްޓަރު އަދި ޔޫތު މިނިސްޓަރު ހިމެނެއެވެ.