English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ - ފޮޓޯ: ވަން އޮންލައިން

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެޗްއީއޯސީ އަށް ސާމްޕަލް ނަގާނެ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާންކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވަނީ ސާމްޕަލް ނަގާ މީހުންގެ ގޮތުގައި 60 މުވައްޒަފުން ބޭނުން ކަމަށާއި އެމީހުންގެ މުސާރައަކީ 7500ރުފިޔާ ކަމަށް ބުނެފައެވެ. އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި 10 މީހުން ބޭނުންވާއިރު، އެ މީހުންގެ މުސާރައަކީ ވެސް 7،500 ރުފިޔާ އެވެ، މީގެ އިތުރުން މެޑިކަލް އޮފިސަރުންގެ ގޮތުގައި 10 މީހުން ބޭނުންވާކަމަށް އެ އިއުލާނުގައި ބުނެފައިވާއިރު، އެމީހުންގެ މުސާރައަކީ 24،240 ރުފިޔާ އެވެ.

މެޑިކަލް އޮފިސަރުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީނުވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަންތައް ހަދައިދީ، އެމީހުނަށް ފަރުވާ ދިނުމަށް ވަގުތީ ގޮތުން އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުންނެވެ.

މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.