English Edition
Dhivehi Edition

އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެ އިދާރާއިން ބުނީ މި ޕްރެސް ކޮންފަރެންސް އޮންނާނީ މިރޭ 9 ޖަހާއިރު ހެލްތު މިނިސްޓްރީގައި ކަމަށެވެ.

މި ޕްރެސް ގައި ބައިވެރިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި އެޗްއީއޯސީގެ ތަރުޖަމާން އަދި ހެޑް އޮފް ކޮމިއުނިކެބަލް ޑިޒީސަސް ޑިވިޜަން / އެޗްޕީއޭ ޑރ. ފާތިމަތު ނަޒްލާ ރަފީގު ކަމަށެވެ.

މިއީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ދޭ ޕްރެސް އެއްކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ގައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިރޭ ވިދާޅުވެފައިވަނީ ރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާ ކަމަށެވެ.