English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ގިނަ ދުވަސްތަކަކަށް ފަހު، ކޮވިޑް19 ގެ ތަފާސް ހިސާބުތައް އާއްމުކޮށްފިއެވެ،

ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުގެ 5:00 އާއި ހަމައަށް އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 245 ކަށް އަރާފައެވެ. މިއަދު އެކަނިވެސް އެ ސިޓީއިން 46 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ސިޓީއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދި ވަނީ 2117 އަށް އަރާފައެވެ.

މިއަދު އެ ސިޓީއިން 148 ސާމްޕަލް ނަގާފައިވާއިރު، އެ ސިޓީގައި ސާމްޕަލް ގެ ނަތީޖާ ނުލިބޭ 217 ކޭސް ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ކިތެއް ދުވަހުގެ ސާމްޕަލް ކަން އެ ހޮސްޕިޓަލުން ހާމަކޮށްފައި ނުވާއިރު އެ ސީޓީގައި ކޮވިޑް ޖެހިގެން 2 މީހަކު ވަނީ ނިޔާވެފައެވެ.

ފުވައްމުލައް ސިޓީއިން 1875 މީހަކު ބަލިން ފަސޭހަވެފައިވާއިރު އެ ސިޓީގައި ހޮސްޕިޓަލުގައި ބާއްވައިގެން އެއްވެސް ބަލި މީހަކަށް ފަރުވާދެމުން ނުދާކަމަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.