English Edition
Dhivehi Edition
ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ މެޝިނެއްވަނީ ގެނެސްފައި - ފޮޓޯ/ ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލައް ހޮސްޕިޓަލަށް ހެލްތު މިނިސްޓްރީން ސީޓީ ސްކޭން މެޝިނެއް ފޮނުވައިފިއެވެ.

އެ ހޮސްޕިޓަލުން ދެވޭ ޚިދުމަތާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް، ލިބުނު މި މެޝިނަކީ، އެ ސިޓީން ދެމުންދާ ސިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް، ޒަމާނީ ފަރުވާ ދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ބުނެއެވެ.

” މިއީ އަޅުގަނޑުމެންގެ ސިޓީއަށް ސިއްހީ ޚިދުމަތްތައް ރަނގަޅުކޮށް، ޒަމާނީ ޑައިގްނޯސްޓިކް ކެއާ ގެނައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް” ހޮސްޕިޓަލުން ބުނެފައިވެއެވެ.
އަލަށް ލިބުނު ސީޓީ ސްކޭން މެޝިންގެ ފައިނަލް އިންސްޕެކްޝަން މިހާރު ނިމިފައިވާއިރު، ހޮސްޕިޓަލާއި މިނިސްޓްރީގެ ޓީމުން މިހާރު ދަނީ މި ހިދުމަތް ވީހާވެސް އަވަހަކަށް ގާއިމްކޮށް ތައާރަފް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެން ނަމަވެސް ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފެށޭނެ ދުވަހެއް އެ ހޮސްޕިޓަލުން ބުނެފައެއް ނުވެއެވެ.