އެމެރިކާއިން އައި.އެސް ޖަމާއަތާއި ހަނގުރާމަ ކުރާކަން ދައްކަނީ ކަމަށް ރަޝިއާގެ އަސްކަރީއްޔާއިން ތުހުމަތު ކޮއްފިއެވެ.
ރަޝިއާގެ ވައިގެ ހަމަލާތަކުގެ އެހީއާއިއެކު ސީރިއާ ސިފައިން ޑިއެރ އަލްޒޯރު ޕްރޮވިންސް ހަނގުރާމަވެރިންގެ އަތް ދަށުން ސަލާމަތް ކުރުމަށް ވަނީ ސެޕްޓެމްބަރ މަހު ފަށާފައެވެ. ނަމަވެސް އެމެރިކާއިން އެހާ ހިސާބުން އިރާގުގައި ތިބި އައި.އެސް ޖަމާއަތުގެ ހަނގުރާމަ ވެރިންނަށް ހަމަލާދިނުން ވަނީ މަދު ކޮއްފައި ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖާރ ޖެނެރަލް އީގޯރ ކޮނަޝެންކޯވް ވިދާޅުވީ އިރާގުގައި އިސްވެ އޮވެ އެމެރިކާއިން އައި.އެސް ޖަމާއަތަށް ހަމާލާ ދެމުންދާތަން އެންމެނަށް ވެސް ފެންނަ ކަމުގައެވެ. ނަމަވެސް ވަކި ސަބަބެއް ނެތި އެމެރިކާއިން ސީރިއާގައި ހަނގުރާމަ ކުރާ ކަމަށް ދައްކަމުން ދާކަމަށެވެ.
މިކަމުގެ ސަބަބުން އިރާގުގައި ތިބި އައި.އެސް ޖަމާއަތުގެ ހަނގުރާމަވެރިން އިރާގުގެ ބޯޑަރު ތަކުން ސީރިއާއަށް އެތެރެ ވަމުން ދާކަމަށް އެނާ ވިދާޅުވިއެވެ.
ކޯނަޝެންކޯވް ވަނީ އެމެރިކާ އަސްކަރިޔާއިން ސީރިއާގައި ކުރާ ހަނގުރާމައަށް ދަތި ކުރަން އުޅޭ ކަމަށް ތުހުމަތު ކޮއްފައެވެ.
“އެމެރިކާއިން ސީރީއާ ސިފައިންގެ އޮޕަރޭޝަންތަކަށް ހުރަސް އަޅަން ބޭނުމީ ތޯ؟ ނުވަތަ ރަޝިއާ އަސްކަރީއްޔާއިން ވައިގެ ހަމަލާ ދޭ ސަރަހައްދަ ހަނގުރާމަ ވެރިން ފޮނުވަން ދޫކޮއްލުމަކީ އެއީ އުކުޅެއްތޯ؟” ކޮނަޝެންކޯވް ސުވާލު އުފެއްދެވިއެވެ.
ކޮނަޝެންކޯވް ފާހަގަ ކުރި ގޮތުގައި ސީރިއާ ސިފައިން ޑިއެރ އަލްޒޯރ ދެކުނު ސަރަހައްދުގައި ދަނީ ހަނގުރާމަ ވެރިންނާ ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް އިރާގުން ހަނގުރާމަވެރިން އައިސް ޖަމާއަތާ ގުޅުމުން އުނދަގޫ ތަކެއް ވެފައި ވާކަމަށެވެ.