English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަންފަށައިފިއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ބުނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން އިއްޔެއިން ފެށިގެން މިހަފްތާގެ ބުރާސްފަތި ދިވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ. މި ގޮތުން ވެކްސިން ޖެހުން ކުރިއަށް ދާނީ ކޮންމެ ދުވަހެއް މެންދުރު 1:30 އިން 3:30 އަށް ހޮސްޕިޓަލުގެ ކުރީގެ އިމާރާތުގައި (ޕަބްލިކް ހެލްތް ޔުނިޓު ހުންނަ އިމާރާތުގައެވެ.

މީގެ އިތުރުން ފުވައްމުލައް ހޮސްޕިޓަލުން ބުނީ ބޫސްޓާ ޑޯޒް ޖެހޭނީ ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހިތާ 6 މަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އަންނައިރު ކޮވިޑް ވެކްސިން ކާޑު ގެނައުމަށް ވަނީ އެދިފައެވެ. ކޮވިޑް ވެކްސިން ކާޑު ގެއްލިފައިވާނަަމަ، ވެކްސިންގެ މަޢުލޫމާތު ހިމެނޭ ޑިޖިޓަލް ކާޑުގެ ފޮޓޯއެއްވެސް ރަނގަޅު ވާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ ކުރިން ފުވައްމުލައް ސިޓީ އިން ކޮވިޑްގެ ތަފާސް ހިސާބުތައް އާންމުކުރަމުން އައި ނަމަވެސް މިހާރު އެ ސިޓީ ގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެއް ނުވެއެވެ.