އިންޑިއާ އައުޓްގެ ނަމުގައި ރައީސް ޔާމީން ކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އެކުރައްވާ ކަމަކީ, އަވަށްޓެރި ގައުމުގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިިތުންނާއި މޫނު ކެނޑޭ ގޮތް ހެދުން ކަމަށެވެ. އޭގެ ތަޖުރިބާ، ގައުމުތަކުގެ ހަޔާތުން ފެންނަން އެބައޮތް ކަން ފާހަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމު ތަކުގެ އިސްތިގުލާލް ގެއްލެނީ އެފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.
އެ ކަމަށް ރާއްޖޭގެ ރައްޔިތުން ވެއްޓިގެން ނުދާނެކަން އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް މަސައްކަތްކުރާ ހަމައެކަނި ބަޔަކީ އެމްޑީޕީ ކަމަށެވެ، އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެންމެން އެއްތަނަކަށް ޖަމާކޮށް ތޮއްޖެސުން އެއީ އިދިކޮޅުގެ ސިޔާސަތު ކަމަށެވެ.