English Edition
Dhivehi Edition

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އާއި ހަވާލު ކުރިހާ އަވަހަކަށް ބަނދަރުގެ މަސައްކަތް ފަށާނެކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ކާޑެއްދޫއަށް އަރާ ފޭބުމަށް ބޭނުންކުރާ މައި ޖެޓީ ވެއްޓި، އެކަމުގެ ސަބަބުން އެ ރަށަށް އަރާ ފައިބާ ފަތުރުވެރިންނާ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ އެއާޕޯޓް ޖެޓީގެ މައްސަލަ މިހާރުން މިހާރަށް ހައްލުކޮށްދިނުމަށް ވިލާ ކުންފުންޏާއި ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގާފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު މޭމަހު ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏާ އަލުން އެ އެއާޕޯޓް ހަވާލު ކުރުމަށް ހުކުމް ކޮށްފައެވެ.

\ކްރިމިނަލް ކޯޓުގެ ހުކުމަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވިލާ އެއާ އާއި، އެ އެއާޕޯޓް ހަވާލު ކޮށްފައި ނުވާއިރު އެ ކުންފުނިން ބުނީ އެއާޕޯޓް ހަވާލުކުރުމާއެކު ސަރުކާރާއެކު އެއްބަސްވެފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނެކަމަށެވެ.

މީގެ އިތުރުން ވިލާ އިން ބުނީ އެއާޕޯޓްގެ ހާލަތު މިދިޔަ އަހަރު ފަހުކޮޅު އެ ކުންފުނީގެ ވެރިން ބެއްލަވާފައިވާކަމަށެވެ. އަދި ވިސްނުން ހުރީ އެ ރަށުގައި އާ ބަނދަރެއް ހެދުމަށް ކަމަށާއި ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރެވެން އަންނަނީ އެ ކުންފުންޏާ އެ އެއާޕޯޓް ރަސްމީކޮށް ހަވާލު ކުރުމުންކަމަށް ވިލާއިން ވަނީ ބުނެފައެވެ.