English Edition
Dhivehi Edition

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން، އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެ ކުންފުނިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިދިޔަ ހަތް އަހަރު ދުވަހު ނުއުފުލޭ ވަރަށް މިހާރު އުފުލިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަރަށް ބޮޑުވެފައިވާ ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.

މިއަދު ތެލުގެ އަގަށް ގެނައި ބަދަލާއެކު ކުރިން 11.16 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 12.06 ރުފިޔާއަށެވެ. އަދި ކުރިން 11.84 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް ދެން ލިބޭނީ 12.44 ރުފިޔާއަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށް ދިނުމަށް ކަމަށެވެ.