English Edition
Dhivehi Edition
އެސްޓީއޯ އިން އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމަންޓް ތައާރަފްކުރުން

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމަންޓް ތައާރަފް ކޮށްފިއެވެ.

ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ހަފްލާގައި މި އާ އިކުއިޕްމަންޓްސް ލޯންޗް ކޮށްދެއްވެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއެވެ.

އެސްޓީއޯ އިން ބުނީ އަލަށް ތައާރަފް ކުރެވިފައިވާ ސާމާނާއެކު ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާ ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަލަށް ތައާރަފް ކުރެވުނު ސާމާނުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން ފާހަގަކޮށް އެސްޓީއޯ އިން ބުނީ ހެލްތް މިނިސްޓްރީ، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާ ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ހާޒިރުވި އެ ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި އަދި ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

ޓެގު