English Edition
Dhivehi Edition
އެސްޓިއޯ ދެކުނު ފޯރި / ފޮޓޯ: އެސްޓިއޯ

އެސްޓިއޯ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ‘ސްޓޯކް ދެކުނު ފޯރީގެ’ ނަމުގައި އެސްޓިއޯ އައްޑޫ އަދި ފުވައްމުލަކު މުވައްޒަފުންނަށް ހާއްސަކޮށް ބޭއްވި ކުޅިވަރު ހަރަކާތްތައް ނިންމާލައިފިއެވެ.

އެސްޓިއޯ ދެކުނު ފޯރި / ފޮޓޯ: އެސްޓިއޯ

މި މަހުގެ 11 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ދިޔަ މި ހަރަކާތުގައި އެސްޓިއޯ ފޭދޫ، އެސްޓިއޯ ހިތަދޫ، އެސްޓިއޯ މަރަދޫފޭދޫ އަދި އެސްޓިއޯ ހުޅުމީދޫ ގެ އިތުރުން އެސްޓިއޯ ފުވައްމުލައް ސިޓީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެސްޓިއޯ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކުޅިވަރު ހަރަކާތުގައި އޮބްސްޓެކަލް ރޭސް، ވާދެމުން، ފުޓްބޯޅަ، ވޮލީ ބޯޅަ، ބެޑްމިންޓަން، ކެރަމް، ޑިގު އަދި ޗެސް ހިމެނޭ އިރު ރޭ މި އިވެންޓު ނިންމުމުގެ ގޮތުން ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

May be an image of 6 people, people playing soccer, people playing football and text
އެސްޓިއޯ ދެކުނު ފޯރި / ފޮޓޯ: އެސްޓިއޯ

އައްޑޫ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަފްލާ އެސްޓިއޯގެ އެމްޑީ ޝިމާދު އިބްރާހީމް ޝަރަފުވެރިކޮށް ދެއްވިއިރު، މި ހަފްލާގައި ޝިމާދު ވަނީ އެސްޓިއޯ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ހުވަދޫ އަދި ލ. އަތޮޅުގެ މުވައްޒަފުންނަށް ހާއްސަކޮށް މި އެވެންޓް އަންނަ އަހަރުވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިފަަދަ އިވެންޓެއް އުތުރުގެ ރަށްތަކުގެ އެސްޓިއޯ މުވައްޒަފުންނަށް ވެސް ކުރިއަށް ގެންދާނެކަމަށް ޝިމާދު ވިދާޅުވިއެވެ.

May be an image of 6 people and beach
އެސްޓިއޯ ދެކުނު ފޯރި / ފޮޓޯ: އެސްޓިއޯ

ރޭގެ މި ހަފްލާގައި އެސްޓިއޯ ދެކުނު ފޯރީގެ ކުޅިވަރުތަކުން ވަނަތަކަށް ދިޔަ ފިހާރަތަކަށް ތައްޓާއި އިނާމު ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މުޅި މުބާރާތުގެ އެއްވަނަ ހިތަދޫ އެސްޓިއޯ އަށް ލިބުނު އިރު، ދެވަނަ ލިބުނީ މަރަދޫ ފޭދޫއަށެެވެ. ތިން ވަނަ ފޭދޫ އެސްޓިއޯ އަށް ލިބުނު އިރު ފެއާރ ޕްލޭ ޓީމަަކަށް ހޮވުނީ ހުޅުމީދޫ އެސްޓިއޯއެވެ. މުބާރާތުގެ އެންމެ ސަޕޯޓިން ޓީމަކަށް ހިތަދޫ އެސްޓިއޯ ހޮވުނު އިރު، އައްޑޫ މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ދިމާވި 6 މުވައްޒަފަށް ވަނީ ކެނެރީފުގައި 2 ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ދީފައެވެ.