English Edition
Dhivehi Edition

ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

ކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާތީ އެކަމާއި ގުޅޭގޮތުން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށެވެ. އަދި އެފަދަ ތަންތަނުގައި ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހި މުޖުތަމައުގެ ގިނަ މީހުން ބޭނުން ވަނީ ޓީޗަރުން އުނގަންނައި ދޭ އިރު އެމީހުން މޫނު ބުރުގާއިން މޫނު ނުފޮރުވައި ތިބުން ކަން ފާހަގަކޮށް އެމްޑީޕީއިން ބުނީ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން އެމްޑީޕީއިން ވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ވާހަކަ ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓެގު