English Edition
Dhivehi Edition
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ބޮޑު މެޖޯރިޓީއެއް ސަރުކާރަށް ލިބުނީ, އެމްޑީޕީގެ ލީޑާ ޝިޕުން ބާރުތަކަށް ދަހިވެތިވުމުންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮނޑޭ ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕް އެއްކޮށް އިސްތިފާ ދޭންޖެހޭނެކަމަށެވެ.

“ދެން ނުކުރެވެނެ އަޒުލެއް. ރައްޔިތުންގެ މަޖިލިސް އަޅުގަނޑުމެން ހިންގާ ގޮތާއި، ޕީއެންސީން ހިންގާގޮތާއި ތަފާތުވެސް ވާނެ. އެހެންނަމަވެސް އަޅުގަނޑަށް ޔަގީން މިހާރު ހުރި ގޯތިތައް ހަވާލުކުރާނެކަން. އަދި ރައީސް ނަޝީދު ހިންގެވި ވެށިފަހި މާލޭ ޕްރޮގްރާމްތައް ކުރިޔަށްގެންދަނެކަން އަޅުގަނޑަށް ކަށަވަރު މި ސަރުކާރުން. ސަރުކާރެއް ވައްޓައެއް ނުލެވޭނެ. އަޒުލެއްވެސް ނުކުރެވޭނެ,” -ބޮންޑޭ-

ބޮންޑޭ ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރުމުން ރައީސް މުއިއްޒު އަޒުލު ނުކުރެވޭނެގޮތެއް ރައްޔިތުން ހަދާފައިވާކަމަށެވެ.

ބޮންޑޭ ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖެގައި ސިޔާސީ ކަންކަމާއިގެން ކުރިއަށް ދެވޭނެ މަގެއް ނެތްކަމަށެވެ.

ޓެގު