English Edition
Dhivehi Edition
ރައީސް ސޯލިހް މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ސޯލިހް ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުވުކުރެެއްވުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު އެއް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާއަކަށްވެސް އެމްޑީޕީން ވާދަކުރާނެއެވެ.

ޓެގު