English Edition
Dhivehi Edition

އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގެ ކުރީގެ އަންޑާސެކްރެޓަރީކަން ކުރެއްވި އަދި އެ ޕާޓީގެ ހަރަކާތްތަކުގައި ކުރިން ވަރަށް އިސްކޮށް އުޅުއްވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހޯރަ އިއްބެ ނިޔާވީ ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން މިއަދު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމްޑީޕީގެ ޖަލްސާތައް ކުރިން ހުށަހަޅައިދެއްވި ހޯރަ އިއްބެ އަކީ މޮޅު ވާހަކަދެއްކުންތެރިއެކެވެ. ކުޑަކުއްޖަކާ ބަދު އަހްލާގީ އަމަލު ހިންގިކަމަށް ސާބިތުވެ 10 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ހޯރަ އިއްބެ ޖަލު ހުކުމުން މިނިވަން ވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ.

އެއަށްފަހު ސިޔާސީ ހަރަކާތްތަކުގައި އެހާ ފާޅުކޮށް ނުއުޅުއްވި ނަމަވެސް އިއްބެ ވަނީ މިއަހަރު ރިޔާސީ އިންތިހާބު، އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތްކުރައްވާފައެވެ.

 

ޓެގު