English Edition
Dhivehi Edition

ކޮވިޑު ބައްޔަށް ރާއްޖޭގައި ފަރުވާދެމުންދިޔަ ގއ. މާމެންދޫ މީހަކު މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭނާއަކީ އުމުރުން 25 އަހަރުގެ ޒުވާން އަންހެނެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ ޢަދަދު 266 އަށް ވަނީ އަރާފައެވެ. އޭގެ ެތރޭގައި ހިމެނެނީ 248 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ 13 މީހުންނެވެ.