English Edition
Dhivehi Edition

ހަނމާދޫއިން ފުރުމަށް ރޭ ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ގެ ބޯޓުގައި އަލިފާން ރޯ ވުމުގެ ހާދިސާއެއް ހިނގާފައިނުވާ ކަމަށާއި ބޯޓުގެ ޕައިލެޓުން ތިބޭ ކޮކްޕިޓްގެ “ވިންޑްޝީލްޑް ފެއިލިއަރ”އަކާ ގުޅިގެން ހިނގި ޝޯޓެއްގެ ސަބަބުން ދުން އެރީ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަންގެ ބޯޓަކުން ދުން އެރުމުގެ ހާދިސާއެއް ހިނގައި އެކަން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެހެން މީޑިއާ އަކަށް ދެއްވެވި މައުލޫމާތެއްގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖެނިފާ ލަތީފް ވިދާޅުވެފައިވަނީ އެ ހާދިސާ އަކީ “ވިންޑްޝީލްޑް ފެއިލިއަރ”އަކާ ގުޅިގެން ހިނގި ޝޯޓެއްގެ ސަބަބުންކަމަށް ބެލެވޭކަމަށް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޓު ނައްޓާލަން ތައްޔާރުވެ، އޭޕްރަންގައި އޮއްވައެވެ. އަދި ހާދިސާ ހިނގުމާއެކު ބޯޓުން މީހުން ވަނީ ހުސްކޮށްފައެވެ. އާންމު ވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ ބޯޑުގައި ދިވެހިންނާއި ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ތިއްބެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިންގެ ޓީމުން މައްސަލަ އިތުރައް ދެނެގަންނަމުން ދާއިރު ފްލައިޓަށް ދިމާވި ޙާދިސާއާއި ގުޅިގެން ނުފުރިފަ ތިބި މީހުން، ފުރުވުމުގެ އިންތިޒާމްތައްވެސް ހަމަޖައްސަވަމުންދާކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

1 ކޮމެންޓް
Tee
ޖެނުއަރީ 19, 2022
Alifaanaa nulaa dhun araakan mi engunee adhi kiyaa. govaa kos.