English Edition
Dhivehi Edition
މޯލްޑިވިއަން އަށް އަލަށް ގެނައި ފްލައިޓް/ފޮޓޯ އަޙްމަދު ފާލިޙު ޢަލީ

ގައުމީ އެއާލައިން މޯލްޑިވިއަނުން ރަމަޟާން މަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަނުން ބުނީ ޑޮމެސްޓިކް ދަތުރުތައް އަގުހެޔޮ ކުރެވުނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ކަމަށެވެ. މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެއެވެ. މި ގޮތުން

  • ސ. ގަމަށް – 1،222ރ.
  • ފުވައްމުލައް – 1،155ރ.
  • ގދ. ކާޑެއްދޫ – 1،333ރ.
  • ގއ. ކޫއްޑޫ – 1،111 ރ.
  • ލ. ކައްދޫ – 1،055ރ.
  • ނ. މާފަރު – 999ރ
  • ރ. އިފުރު – 999ރ.
  • ހދ. ހަނިމާދުއަށް – 1،111ރ.

މޯލްޑިވިއަން އިން ބުނީ މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެކަމަށާއި އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެކަމަށެވެ.