English Edition
Dhivehi Edition
މާފަރު އެއަރޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓްއެއް ލޭންޑް ކޮށްފައި/ފޮޓޯ އިންޓަނެޓް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން. އެ ބޯޓުގައި ރޯވެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ދިވެހިންނާއި ފަތުރުވެރިންވެސް ތިއްބެވެ. މި ހާދިސާ ހިނގުމާއެކު ކެޕްޓަންގެ އިރުޝާދާއެކު ހުރިހާ ފަސެންޖަރުންވަނީ ބާލާފައެވެ.

މިކަމާއި ގުޅިގެން އަދި މޯލްޑިވިއަން އިން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު، ‘ވަގުތު ނޫހަށް’ މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، ފްލައިޓުން ދުން އަރާތީ ފަސެންޖަރުން ބޯޓުން ބާލާފައިވާކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުމުން އެ މައުލޫމާތު ހިއްސާކުރާނެކަމަށްވެސް ފިރާގް ވަނީ ވިދާޅުވެފައެވެ.