English Edition
Dhivehi Edition
މޯލްޑިވިއަން ގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި: ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަން އިން ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑުގެ ބެންކޮކަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުތައް ކުރިއަށްދާނީ ޖުލައި 12 އިން އޮގަސްޓް 2 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ އާދީއްތަ ދުވަހަކު ބެންކޮކަށް ދަތުރުތައް އޮންނާނެ އެވެ.

  • ދަތުރުކުރާ ތާރީހްތައް: ޖުލައި 12، 19، 26 އަދި އޮގަސްޓް 2.

  • ގަޑިތައް: ރާއްޖޭން ފުރާނީ ހެނދުނު 11:00 ގައެވެ. ބެންކޮކުން އެނބުރި އަންނާނީ އިރުއޮއްސި 6:40 ގައެވެ.

  • ބެގޭޖް އެލަވަންސް: ކޮންމެ ފަސިންޖަރަކަށް 25 ކިލޯ.

މި ދަތުރުތަކަކީ ޗުއްޓީއަށް ބެންކޮކަށްދާ ދިވެހި އާއިލާތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރާވާފައިވާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މީގެ އިތުރުން، މި ދަތުރުތަކަށް ހާއްސަ އަގުތަކެއްތައާރަފުކުރާނެ ކަމަށްވެސް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވިއަން އިން މިހާރު ދަނީ ޗައިނާގެ ބައެއް ސިޓީތަކަށް ވެސް ދަތުރުތައް ފަށައި، އެ އެއާލައިންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަމުންނެވެ.