English Edition
Dhivehi Edition
މޯލްޑިވިއަންގެ ކެބިން ކުރޫއިން
މޯލްޑިވިއަން އިން ދެކުނުގެ ހަތަރު އަތޮޅު ގުޅުވައިދޭން ފެށި ދަތުރުތަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މިއަހަރުގެ ފެބްރުވަރީ މަހު ފެށި މި ހިދުމަތްތަކަކީ ދެކުނުގެ ރައްޔިތުންނަށް ލިބުނު ބޮޑު ފަސޭހައެކެވެ.
މޯލްޑިވިއަން އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުވަރީ މަހުން ފެށިގެން މިހާތަނަށް 296 އަށްވުރެ ގިނަ ދަތުރު ކޮށްފައިވެއެވެ. މި ދަތުރުތަކުގައި 1800 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާއިރު، މިއީ މި ހިދުމަތަށް އޮތް ބޮޑު ޑިމާންޑު ހާމަކޮށްދޭ ކަމެކެވެ.
މި ދަތުރުތަކުގެ ސަބަބުން މާލެއަށް ބަލަން ޖެހޭ މިންވަރު ކުޑަވެ، ސިއްހީ ފަރުވާ ހޯދުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މީހުންނަށް ބޮޑު ފަސޭހައެއް ލިބެއެވެ. މިއީ ދެކުނުގެ ޓޫރިޒަމް އަދި އިގުތިސާދީ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.