English Edition
Dhivehi Edition
ފޮޓޯ: ވީނިއުސް

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގައި ވިއެޓްނާމުގެ އެންގުއެން ކުއެންގް ހައި ބަލިކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެ ޗެލެންޖްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުއަކީ އޭއެފްސީ ކަޕުގައި ޖަހާފައިވާ މޮޅެތި ގޯލްތަކުގެ މެދުގައި ކުރިއަށްގެންދާ ޕޯލެކެވެ. އޭއެފްސީގެ ވެބްސައިޓްގައި ކުރިއަށްގެންދިޔަ މިޕޯލްގައި އަޝްފާގް ފައިނަލަށް ދަތުރު ކުރީ މިއަދު 13:00 ގައި ނިމުނު ޕޯލުން 54،68 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އޭނާގެ ވާދަވެރިޔާ އެންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 އިންސައްތަ ވޯޓެވެ.

މި ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވަނީ ވާދަ ކޮށްފައެވެ. މުބާރާތުގައި ވާދަ ކުރާނެ ގޯލްތައް ހޮވާފައިވަނީ އޭއެފްސީ ކަޕްގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކުންނެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންކޮންގްގެ ޗޭން ސިއު ކީ 2015 ވަނަ އަހަރު ސައުތު ޗައިނާ އޭއޭއަށް ޖަހައިދިން ގޯލާ އެކު ހޮވިފައިވާ އިރު، އޭނާއާ ވާދަކުރުމަށް ނުކުންނާނީ އަޝްފާގު އެވެ.