English Edition
Dhivehi Edition

ޏ.ފުވައްމުލަކު ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝިއަރީ ހޮސްޕިޓަލް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތްކުރުމަށް ޝައުގުވެރުވާ ފަރާތްތަކުން 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އެދިފައެވެ.

މި މަސައްކަތާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.އިތުރަށް މިނިސްޓްރީން ބުނީ ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށެވެ