English Edition
Dhivehi Edition
އައްޑޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ/ ފޮޓޯ އޭއޯ ނިއުސް

އައްޑޫ ސިޓީގައި ކޮވިޑް19 އާއި ގުޅޭ މަސައްކަތްކޮށް ދިނުމަށް ގިނަ އަދަދެއްގެ ވޮލެންޓިއަރުން ހޯދުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.

އައްޑޫ ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ރެޑިޕް ރެސްޕޯންސް ޓީމަށް 10 ވޮލެންޓިއަރުން ބޭނުންވާކަމަށެވެ. މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮވިޑް އަށް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމާއި، ފައްސިވާ ބަލިމީހުންނާއި ކަރަންޓީނުގައިވާ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އެހީތެރިވެ އަދި ކޮވިޑާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމެވެ. މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން ‘ސެކްންޑްރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑްރީ ސްކޫލް’ ސެޓްފިކެޓް އިމްތިހާންގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ހިމެނެއެވެ،

މީގެ އިތުރުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 15 ރެޖިސްޓަރޑް ނަރުހުން ބޭނުންވާއިރު މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑެމިޓް ކުރެވޭ ބަލިމީހުންނަށް ނަރސިންގް ކެއަރ ދިނުމާއި އެއްތަނުން އަނެއްތަނަށް ޓްރާންސްފަރ ކުރަންޖެހޭ ބަލިމީހުން ޓްރަންސްފަރ ކުރުމުގެ މަސައްކަތް ކުރުމެވެ. މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ،

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންނަން ޖެހޭ ބަލިމީހުން ފެސިލިޓީއަށް ގެނައުމާއި އެފަރާތްތަކަށް އެހެނިހެން ސިއްހީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށް ދެ ޑްރައިވަރުން ހޯދުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ. މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލްކުރާ B2,B1 ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ހާސިލްކޮށްފައިވުން ހިމެނެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލަށް 02 ވެހިކަލް އެސިސްޓެންޓުން ،05 އެޓެންޑެންޓް ( ޕޭޝަންޓް ކެއަރ) އަދި 1 މެއިންޓެނެންސް އެސިސްޓެންޓް ހޯދުމަށް ވަނީ އިއުލާްންކޮށްފައެވެ.

މި މަސައްކަތްކުރާ ފަރާތްތަކުން ދުވާލަކު 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected].އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.