English Edition
Dhivehi Edition
އާކައުންސިލު ބައްދަލުވުން/ފޮޓޯއައްޑޫ ކައުންސިލް އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް އާއްމުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ކޮމެޓީއަށް ޓޫރިޒަމް ދާއިރާގެ ޢިލްމީ އަދި ފަންނީ މެމްބަރުން އެކުލެވޭ އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށެވެ.

ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް އާއްމުންގެ ތެރެއިން 10 ފަރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާއިރު، ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް މީހުން ހޮވުމުގައި ޓޫރިޒަމް ދާއިރާގެ ފަންނީ، ޢިލްމީ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ޓޫރިޒަމް އެޑްވައިޒަރީ ބޯޑުގެ މެމްބަރަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ވަނަވަރު 2022 ޖަނަވަރީ 10 ވާ ހޯމަ ދުވަހުގެ 13:00 ން ފެށިގެން، 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ([email protected]) އީމެއިލްކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.