English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް ރައްޔިތުންގެ އިއްތިހާދުން ދީނ ކަމަށް އެމްޑީޕީއިން ބުނެފިއެވެ،

އެމްޑީޕީ އިން މިހެން ބުނެފައިވަނީ ރައްޔިތުންގެ އިއްތިހާދުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ޖާނުފުޅަށް ދިން ހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، އެމަނިކުފާނަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދައި، އިންތިޒާމުވެ، ހިންގަން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން ޖަމިއްޔާތަކެއް ގުޅިގެން އުފައްދައިފައިވަނީ “ރައްޔިތުންގެ އިއްތިހާދާ”މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ،

ޣައިރު ދީންތަކުގެ ޝިއާރުތައް ރައީސް ނަޝީދު ފަތުރަމުންދާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނޭ “ޖަމިއްޔަތުލް އިއްތިހާދު” ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ރައްޔިތުންގެ އިއްތިހާދުން ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލާގައި ވަނީ 2020 ވަނަ އަހަރު ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ދިވެހިންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ޖަމިއްޔަތުލް އިއްތިހާދުން ރައީސް ނަޝީދުގެ މި ފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއް ދީނީ އިލްމުވެރިންވެސް ވަނީ އެމްޑީޕީގެ ލީޑަރޝިޕގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ދީނާއި ހިލާފު ވާހަކަތައް ދައްކަވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ ރައްޔިތުންގެ އިއްތިހާދުން ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ނެތްކަމަށެވެ.

1 ކޮމެންޓް
ހަސަނުގ
ޖެނުއަރީ 6, 2022
ނަޝީދު ލާދީނީ ވެގެން ގޮވިހާ ހަނޑި، ކުރާހާ ނުބައިކަންތައް، ކަލޭމެނަށް ނުވޭތަ ގޮތް ބޮޑުވާވަރު ކަމަކަށް؟ އަޖައިބެއްމީ. މުޅި އެމް.ޑީ.ޕީ ވެސް ހަމަ ލާދީނީތަ އެވަރަށް. ލާދީނީ ކިޔާތީ މިކަރާ މެޔެއްދޯ.