English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލުން ހިންގާ ޙިފްޒު ކުލާސް ހިންގުމުގައި ޢަމަލު ކުރުމަށް ކަޑައަޅާއިފައިވާ އުޞޫލު އެ ކައުންސިލުން އާންމުކޮށްފިއެވެ.

“ތިނަދޫ ކައުންސިލުގެ ޙިފްޒު ކުލާސް ހިންގާ އުޞޫލް” ގެ ނަމުގައި އާންމުކުރި، އުޞޫލުގައި ބުނެފައިވަނީ ދޫ ކައުންސލްގެ ހިފްޒު ކުލާހަކީ ތިނަދޫގައި ދިރިއުޅެމުންގެންދާ ޢުމުރުން 05 އަހަރާއި 18 އަހަރާއިދެމެދު ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ ކުލާހެއްކަމަށެވެ. ތިނަދޫ ކައުންސިލްގެ ޙިފުޒު ކުލާސް އޮންނާނީ ގދ.ތިނަދޫ އިސްލާމީ މަރުކަޒުގެ ކްލާސް ރޫމުގައި، ހަފްތާއަކު 05 ދުވަހު ކޮންމެ ދުވަހަކު ފަތިހު 5:30 ން 6:30 އަށެވެ.

ތިނަދޫ ގެ ގިނަބަޔަކަށް ކީރިތި ޤުރުއާން ހިތުން ދަސްކޮށްދިނުމަށް އެހީތެރިވުމުގެ މަޤުޞަދުގައި ތިނަދޫ ކައުންސިލުން ހިންގާ ޙިފްޒު ކުލާހުގައި ކިޔަވާ ދައިވަރުންގެ އަތުން އެއްވެސް ފީއެއް،ނުވަތަ އުޖޫރައެއް ނުނަގާނެއެވެ.ނަދޫ ކައުންސިލްގެ ޙިފްޒު ކުލާހުގައި ބައިވެރިވެވޭނީ “ތިނަދޫ ކައުންސިލްގެ ޙިފްޒު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯރމް” ފުރިހަމަކޮށް ތިނަދޫ ކައުންސިލަށް ހުށަހެޅުމުން އެދަރިވަރެއްގެ ފެންވަރު ބަލައި ޖާގަހުރި މިންވަރަކުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އުޞޫލު ގައި ބުނެފައިވަނީ ތިނަދޫ ކައުންސިލްގެ ޙިފުޒު ކުލާހުގައި ކިޔަވާ ކޮންމެ ދަރިވަރަކުވެސް ކޮންމެ މަހެއްގައި ކިޔަވައިދޭ ދުވަސްތަކުގެ %90 ޙާޟިރުވާންވާނެކަމަށާއި މަޤުބޫލް އުޒުރެއްނެތި ޙާޟިރުވާން ޖެހޭ މިންވަރަށް މަސްދުވަހުގެ ތެރޭގައި ޙާޟިރު ނުވެވިއްޖެ ނަމަ އެދަރިވަރަކު ކުލާހުން ވަކިކުރެވޭނެކަމަށެވެ.އަދި މިގޮތައް ވަކިކުރެވޭ ދަރިވަރަކު 01 އަހަރުގެ މުއްދަތައް ތިނަދޫ ކައުންސިލުގެ ޙިފްޒު ކުލާހުން ޖާގާނުލިބޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ،

ތިނަދޫ ކައުންސިލްގެ ޙިފުޒު ކުލާހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކު ހަފްތާއަކަށް ކަޑައެޅިފައިވާ މިންވަރެއް ދަސްކޮށް ހިތުން ކުލާހުގެ މުދައްރިސަށް ކިޔައިދޭން ވާނެއެވެ. އަދި ހަފްތާއަކަށް ދަސްކުރަން ޖެހޭމިންވަރު (މަޤުބޫލް އުޒުރެއްނެތި) ދަސްކޮށް މުދައްރިސަށް ކިޔައިނުދެވި 02 ހަފްތާއަށް ވުރެ އިތުރުވެއްޖެނަމަ އިތުރަށް 02 ދުވަސް ދިނުމަށްފަހު ކިޔައިނުދެވިއްޖެނަމަ ފަރުވާކުޑަކަމަށް ބަލައި އެދަރިވަރަކު ކުލާހުން ވަކިކުރެވޭނެއެވެ. އަދި މިގޮތައް ވަކިކުރެވޭ ދަރިވަރަކު 02 މަހުގެ މުއްދަތައް ތިނަދޫ ކައުންސިލުގެ ޙިފްޒު ކުލާހުން ޖާގާނުލިބޭނެއެވެ.

މީގެ އިތުރުން އެ އުޞޫލުގައި ވަނީ ތިނަދޫ ކައުންސިލްގެ ހިފްޒު ކުލާހުގެ ދަރިވަރުންގެ ތެރެއިން މަހުންމަހަށް ކިޔައިދިނުމަށް ކަޑައެޅިފައިވާ މިންވަރު ދަސްކޮށް ކިޔައިދޭ ދަރިވަރުންނަށް ތިނަދޫ ކައުންސިލްގެ އަހަރީ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގައި އިނާމާއި އަދި ފައިސާގެ އިނާމް ދެވޭނެކަމަށެވެ. މިގޮތުން ކޮންމެ އަހަރަކު 03 ފޮތައްވުރެ އިތުރަށް ދަސްކޮށް ކިޔައިދޭ ފަރާތްތަކަށް 1000.00 ރުފިޔާގެ ފައިސާގެ އިނާމް ދެވޭނެކަމަށާއި އަދި 5 ފޮތް ދަސްކޮށްދޭ ކޮންމެ ފަރާތަކަށް 3000.00 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެކަމަށެވެ.