English Edition
Dhivehi Edition
ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން

ގދ. ތިނަދޫ ރަށްވެހިކަން ދޫކޮށްލާ ރައްޔިތުން 5000 ރުފިޔާގެ ފީއެއް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ މައްސަލަ ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ބަލަން ފަށައިފިއެވެ.

މީގެ ކުރިންވެސް ކައުންސިލުން ރަށްވެހިކަން ބަދަލުކުރާނަމަ 250 ރުފިޔާގެ ފީއެއް ނަގަމުން އައި އިރު، 03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުގައި ވަނީ މި އަދަދު 5000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައެވެ.

ތިނަދޫ ކައުންސިލުގެ މި ނިންމުން މި މަހުގެ 7 ވަނަ ދުވަހު ގެޒެޓްކޮށް، އެއަށް އަމަލުކުރަން ފަށާފައިވާއިރު އެލްޖީއޭ އިން ބުނީ ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ކައުންސިލުން ނިންމާފައިވީ ނަމަވެސް އެއީ ގާނޫނު އަސާސީ އާއި ހިލާފުކަމެއް ކަމަށެވެ.

ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރާނަމަ 5000 ރުފިޔާގެ ފީއެއް ނަގަނީ

ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ވެސް ގާނޫނާ ހިލާފު ނިންމުމެއް ނިންމައިފި ނަމަ އެ ނިންމުން ބާތިލްކުރާނެކަން ފާހަގަކޮށް އެލްޖީއޭ އިން ބުނީރަށްވެހިކަން ދޫކޮށްލާއިރު ފީއެއް ނެގުން ފަދަ ކަންކަމަކީ ކައުންސިލަކުން އަމިއްލައަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި ކައުންސިލުގެ މި ނިންމުމަކީ ގާނޫނު އަސާސީ އާއި ފުށުއަރާ ނިންމުމަކަށް ވާއިރު، އެލްޖީއޭ އިން ވަނީ މި މައްސަލަ ބަލާނެކަމަށް ބުނެފައެވެ.