English Edition
Dhivehi Edition
ތިނަދޫ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރޭ ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެކަމުގައެވެ. އެގޮތުން ވައިގެ ބަނދަރުގެ ޓަރމިނަލްއަކީވެސް އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށާއި އަދި އެއީ މުޅި އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެޅިގެންދާ ބާރަކަށްވެސް ވެގެންދާނެކަމުގައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫއުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.