English Edition
Dhivehi Edition
ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން

ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ހިދުމަތުގެފީއަށް ބަދަލު ގެނައުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލްގެ އިދާރާ އިން ބުނީ ރަށްވެހިކަން ދޫކޮށް ތިނަދޫ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ ޢަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، 07 ޖަނަވަރީ 2024 އިން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ޚިދުމަތުގެ އިދާރީފީގެ ގޮތުގައި، 5000 ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުގައި މި ގޮތަށް ފާސްކޮށްފައިވާއިރު މީގެ ކުރިން ނަގަމުން އައީ 250 ރުފިޔާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.