English Edition
Dhivehi Edition
ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ‘އިންޑިއާ އައުޓް’ ކެމްޕެއިނަކީ އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ނޫންކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

“ސަންގުޓީވީ” ޕްރޮގްރާމެއްގައި އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއި މެދު ޕީޕީއެމް ޕީއެންސީގެ އެއްވެސް ނުރުހުމެއް އަދި ކަންބޮޑުވުމެއް ވެސް ނެތް ކަމަށެވެ. އަދި އެ ޕާޓީގެނުރުހުން އޮތް ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ، ސަރުކާރުގެ ޚާރިޖީ އަދި ދިފާއީ ސިޔާސަތުތުތަކާއި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“އިންޑިއާ އައުޓް” ކެމްޕޭންގެ ތެރެއިން މިހާތަނަށް ވެސް އިންޑިއާގެ ރައްޔިތަކާއި މެދު ނަފުރަތު އުފެދޭ ގޮތަށް އެއްވެސް ވާހަކައެއް ދެކެވިފައި ނުވާނެކަމަށާއި އަދި އެފަދަ އަމަލެއް ހިންގިފައިވެސް ނުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ނަފުރަތު އުފައްދަން ގެންދާ ކެމްޕޭނެއް ނޫންކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މި ކެމްޕޭން ހަރަކާތްފުޅާ ކުރަން ޖެހުނީ، އެންމެ ގައުމަކަށް ބަރޯސާވާނެ ގޮތަށް ޚާރިޖީ ސިޔާސަތާއި ދިފާއީ ސިޔާސަތާއި ދާޚިލީ ސިޔާސަތާއި އިގްތިސޯދީ ސިޔާސަތުތައް ވެސް ބައްޓަންކުރުމުން ކަމަށެވެ. އަދި މި ގައުމުގެ ސިޔާދަތީ ބާރުގެ ތެރެއަށް އެ ގައުމަށް ވަދެވޭނެ ޖާގަ ދިނުމުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ނަފުރަތު އުފެއްދުމުގެ ވާހަކަ މި ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާއިރު، ކުރީގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނެވީ މާ ބޮޑަށް ގޯސްކޮށް ކަމަށެވެ.