English Edition
Dhivehi Edition
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބައްދަލުކުރެއްވުން

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ދެ ގައުމުގެ ގުޅުން އަލުން ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ސީއައިއައި ބިޒްނަސް ސަމިޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ ދެ ގައުމުގެ މެދުގައި ބައެއް ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށާއި، ނަމަވެސް އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫއުތައް ރަނގަޅަށް ކުރިއަށްދާކަމަށެވެ.

ހިޔާލު ތަފާތުވުންތައް ޙައްލުކުރުމަށް އިންޑިއާއިން މަސައްކަތްކުރަމުން އަންނަކަމަށް ފާހަގަކުރައްވާ، ޖައިޝަންކަރު ވިދާޅުވީ “އަޅުގަނޑުމެން އުއްމީދުކުރަނީ މިކަން ރަނގަޅުކުރެވޭނެ ކަމަށް. އަޅުގަނޑުވާނީ ބައެއް ފަރާތްތަކާ އެކު މަޝްވަރާ ކޮށްފައި،” ވާކަމަށެވެ.

ދެ ގައުމުގެ ބަދަހި ގުޅުމަށް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މި މަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޖައިޝަންކަރާ ބައްދަލުކުރެއްވުމުން، ގުޅުން ރަނގަޅުކުރުމަށް މަގުފަހިވެގެން ދިޔަކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އެކުވެރިކަން އާލާކުރެވޭނެ ދާއިރާތަކާއި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އިންޑިއާއިން ނަގައިފައިވާ ދަރަނީގެ ބައެއް އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ނިންމައި، ދެގައުމުގެ ގުޅުން ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅުނެވެ.

އެހެންކަމުން، މިހާރު ދެގައުމުގެ ދެމެދު ކަންކަން ކުރިއަށް ގެންދިއުމުގައި ހިޔާލު ތަފާތުވުންތައް ހުރިކަން ހާމަވިނަމަވެސް، ދެ ގައުމުގެ ދެމެދު އޮތް އޮތް އިތުބާރާއި އެކުވެރިކަން އާލާކޮށް، ގުޅުން އިތުރަށް ރަނގަޅުކުރެވޭނެކަމުގެ އުންމީދު ބޮޑުކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.