ހުޅުމާލޭގައި، އާންމުންނަށް ފިޓްނަސްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ލެގަސީ ފިޓްނަސް އިންހައިޕަރބްލޭޑް ކޯހަކާއި އަދި ކަޕިންގް ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ފިޓްނަސް ދާއިރާއިން ޒުވާނުން އިތުރަށް ތަމްރީންކުރުމުގެ ގޮތުން ބޭރުގެ އިންސިޓިއުޓް ތަކާއި ގުޅިގެން ތތަފާތު ކޯސްތައް ހިންގަމުން އަންނަ ލެގަސީއިން ބުނީ އަންނަ ޖޫން މަހުގެ 3 އަދި 4 އަކަށް ރޭވިފައިވަނީ ރިހެބިލިޓޭޝަން ދާއިރާއާއި ގުޅުންހުރި ކޯހެއް ކަމަށްވާ ހައިޕަރބުލޭޑިންގެ އަދި މަޔޯފެޝިއަލް ޑީކޮމްޕްރެޝަން ނުވަތަ ކަޕިންގް ކޯސް ކަމަށެވެ.
ދެދުވަހުގެ މުއްދަތަކަށް ދެމިގެންދާ މިދެކޯހުގެ ލެކްޗަރަރ އަކީ މެޑިކަލް ދާއިރާއާއި ފިޓްނަސް ގުޅުވާ އޭޝިޔާގައި މިކޯސް އެތައް ގައުމުތަކަކަށް ފޯރުކޮށްދީފައިވާ ކޯހުގެ ބާނީ އަދި ފިޓްނަސް އެކެޑަމީ އޭޝިޔާގެ ފައުންޑަރ ކަމަށްވާ ސްޓީވަން އެވެ، މިކޯސް ތަކަކީ ފިޓްނަސް ދާއިރާގެ އެންމެ ނަންމަޝްހޫރު އިންސްޓިއުޓް ކަމަށްވާ ގިނަބަޔަކު ދެކެ ފަރިތަ އެމެރިކަން ކައުންސިލް އޮފް އެކްސަރސައިޒް (އޭސީއީ) އަދި ނެޝެނަލް އެކަޑަމީ އޮފް ސްޕޯރޓްސް މެޑިސިން (އެން.އޭ.އެސް.އެމް) އިން އެކްރެޑިޓް ކޮށްފައިވާ ކޯސް ތަކެއްވެސް މެއެވެ.
ކޯސް ތަކުގެ ތަފްސީލް:
ހައިޕަރބްލޭޑް: މިކޯސް ކުރިއަށް ދަނީ ޖޫން މަހުގެ 3 ވަނަ ދުވަހުގެ 9 އަކުން 4 އަކަށެވެ. އެއްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގެ އަގަކީ 5400ރ . އަދި މިފަހަރު ހުޅުވާލާފައިވާ ދެކޯސް އެއްކޮށް ނަގާނަމަ ޑިސްކައުންޓް އާއިއެކު 8640ރ އަށް ބައިވެރިވެވެއެވެ. ހައިޕަރބްލޭޑް ކޯހާއި އެކު ބައިވެރިންނަށް ބޭނުން ކުރާނެ އަމިއްލަ ހައިޕަރބްލޭޑް އެއް ލިބިގެންދޭއެވެ.
މިއީ އާންމު ދިރިއުޅުމުގެ ސަބަބުން ބައެއް ބޭފުޅުން ތަހައްމަލް ކުރަމުންގެންދާ ހުޅުތަކުގެ ރިއްސުމާއި މަސްގަނޑު ބާރުވުމާއި ހެލިފެލިވެ އުޅޭއިރު ބައެއް ހަރަކާތްތަކަށް އެބައެއްގެ ކުލައިންޓުން ރަނގަޅަށް ވާރމްއަޕްކޮށްދީ ބާރުވެފައިވާ މަސްތަކާއި ހުޅުތަށް ފަސޭހަކަމާއި އެކު ރިލީސް ކުރާނެ ގޮތް ހައިޕަރ ބްލޭޑެއްގެ އެހީގައި ކިޔަވަދޭ ކޯހެކެވެ. އެގޮތުން އެކި ހުޅުތަކާއި މަސްތަކާއި ޖޮއިންޓްތަށް ދެނެގަނެ ބްލޭޑް އަޅަންޖެހޭ ގޮތްތަޢް ކިޔައިދެވިގެންދާނެވެ. އިތުރު ތަފްސީލް: https://www.legacyfitnessmv.com/courses/hyperblade-fundamentals
ކަޕިންގް: މީ ކަރު، ކޮނޑު އަދި ގުދާރުގައި ހުންނަ ގިނަދުވަސް ވީ ތަދުތަކާއި އެހެނިހެން ގޮތްގޮތުން ހުންނަ ރިހުންތަކާއި ވާންކަންއަދި ހަމުގެ އަޑީފަށަލައިގައި ކުރުގެޅިފައި ހުންނަ ޓިޝޫތައް ކަޕިންގް ބޭނުންކޮށްގެން ފަސޭހަކޮށްދީ ފިލުވާނެ ގޮތްތަށް ކިޔައިދޭ ކޯހެކެވެ. ކަޕިން އަކީ ރާއްޖޭގައިވެސް އެހެން ގައުމުތަކުގައިވެސް އެތްލީޓުންނާއި އެކި ކަންކަމަށް ވަރަށް މަގުބޫލު އެއްޗެއްވެސްމެއެވެ. ރާއްޖެއަކީ ކުޅިވަރުގައާއި ފިޓްނަސްގައި މިފަދަ ފުރުސަތު ތަކެއް މަދުތަނެއްކަމުން މިކޯހުގެ އަލީގައި ކަޕިންގެ ފައިދާ ތަކައީ ޖަހާނެ ގޮތްތަކާއި އުކުޅުތަކާއި ޖަހަންވީ ތަންތަން ކިޔައިދެވިގެންދާނެއެވެ. ކޯހުގެ ބޮޑުބަޔަކީ ޕްރެކްޓިލް ކަމުން ނިމިގެންދާއިރު ބައިވެރިންނަށް ކުލައިންޓުން ގައިގައި އެބައެއްގެ ހާލަތާއި ގުޅޭގޮތުން ޖެހޭނެ ގޮތްތަކާއި އެކި ޕްރޮގްރާމް ތަކާއި ކަޕިންގް އިތުރުކުރެވޭނެ ގޮތްތަކާޢި ރައްކާތެރި ކަމާއި އެކު ކްލައިންޓުންނަށް ބޭނުންވާނެ ނަސޭހަތްތަކާއި އިރުޝާދުތަކައީ ކަސްރަތުތައް އިނގިގެންދާނެއެވެ. މިކޯހުގެ އަގަކީވެސް 5400ރ.އެވެ. ދެކޯސް ނަގަނީނަމަ 8640ރ. އާއެކު މިކޯހާއިއެކު ބައިވެރިންނަށް ބޭނުންކުރާނެ ކަޕިންގް ސެޓެއް ލިބިގެންދާނެއެވެ. https://www.legacyfitnessmv.com/courses/myofascial-decompression
މި ދެކޯހުގައި ބައިވެރިވާން ބޭނުން ބޭފުޅުނުް މައުލޫމާތު ހޯދުމަށް ގުޅާނީ 7515118 އަދި 9431300.އަށެވެ. ކޯހަކީ ލިމިޓެޑް އަދަދަކަށް ބައިވެރިން ބައިވެރިކުރެވޭ ކޯހެއްކަމުން ސްލޮޓް ކޮންފާރމް ކުރެވިގެންދާނީ ޕޭމަންޓް ދެއްކުމުންކަމަށް ލެގަސީން ބުނެއެވެ.