English Edition
Dhivehi Edition

ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ ،އޭނާ އަދާކުރައްވަމުން ގެންދެވި ނައިބުރައީސް ކަމުގެ މަގާމުން ވަކިކޮށްފިއެވެ.

މާމެންދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ނައިބު ރައީސް މިޞްބާޙް މުޖުތަބާގެ އިތުބާރު ނެތްކަމަށް ކައުންސިލްގެ 29 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

އަދި އެނިންމުން، ނިންމާފައިވަނީ ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖްރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާތީ، މިއަދުން ފެށިގެން ކައުންސިލްގެ ނައިބު ރައީސް މިޞްބާޙް މުޖުތަބާ، ނައިބު ރައީސްގެ މަގާމުން ވަކިވެފައިވާކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި އަންގާ ކަމަށެވެ.

ނައިބު ރައީސްގެ މަގާމުން ވަކިވި ނަމަވެސް ކައުންސިލް މެންބަރެއްގެ ގޮތުގައި މިޞްބާޙް މުޖުތަބާ ކައުންސިލްގައި ހުންނަވާނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.