English Edition
Dhivehi Edition

ގއ. ވިލިގިލީގައި އަޅާ ލައިސަންސް ޓްރެކް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އެރަށު ކައުންސިލުން ބުނީ އެ ޓްރެކް އަޅަންވާނީ އެ އިދާރާއިންދޭ ކުރެހުމާއި މަޢުލޫމާތަށް ބިނާކޮށް އަމިއްލަ ތަކެތީގައި ކަމަށެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޖަނަވަރީ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ކައުންސިލު އިދާރާގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މަޢުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ.

މިކަމާގުޅޭ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުމަށް ވިލިގިލި ކައުންސިލުން ވަނީ އެދިފައެވެ. އަދި ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އަންގާނެ ކަމަށް ވެސް އެއިދާރާއިން ހާމަކުރެއެވެ.

މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާ ގައި އެވިޔަފާރިއެއްރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2022 ޖަނަވަރީ 13 ވަނަ ދުވަހު ގެ ހެނދުނު 10:30 ގައި ގއ. އަތޮޅު ކައުންސިލު އިދާރާ ގައެވެ. މިމަސައްކަތުގެ ބިޑް ހުށަހަޅާ އެންމެ ފަހު ތާރީޚަކީ 2022 ޖަނަވަރީ 20 ވަނަ ދުވަހު ގެ މެންދުރު 11 ޖެހުމުގެ ކުރިއެވެ.