English Edition
Dhivehi Edition

ގއ. ވިލިނގިލީގައި އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2022 ވަނަ އަހަރު ތަންފީޒްކުރަން ހަމަޖެހިފައިވާ ގއ. ވިލިނގިލި ކުޅިވަރު ކަލަންޑަރުގައި ހިމެނޭ “އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2022” 15 ނޮވެމްވަރު 2022 ވާ އަންގާރަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.

ގއ. ވިލިނގިލި، ގއ. ކޫއްޑޫ، ގއ. އަތޮޅު އޮފީސްތަކާއި ކުންފުނިތަކަށް ނިސްބަތްވާ ޓީމްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވަރިވުމަށް ޝައުގުވެރިވާ ޓީމްތަކުން ކުޅިވަރެ.ކޮމް ވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ވޮލީބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓްރީ ކުރުމަށް ހާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 12 ނޮވެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި މުބާރާތަކީ ފިރިހެން ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.