English Edition
Dhivehi Edition

ގއ. ވިލިނގިލި ކައުންސިލްގެ ޤުރުއާން މުބާރާތް “އިލާހީ ނޫރު” 1445ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އޮގަސްޓް 2023 ގައެވެ.

މިޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޤުރްއާން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ނުވަތަ ގޫގަލް ފޯމް ފުރިހަމަކުރެއްވުމަށްފަހު، 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ރަށު ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް އެ ކައުންސިލުން ނެރުނު އިޢުލާނުގައި ވަނީ ބުނެފައެވެ.

ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި އެ ރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. އޭގެއިތުރުން ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖާއި ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ކޮންމެ އަހަރަކުވެސް ވިލިނގިލި ކައުންސިލް އިން އިންތިޒާމްކޮށް ކުރިޔަށް ގެންދާ މި މުބާރާތުގައި މިދިޔަ އަހަރު ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދައިފައިވަނީ މުޙައްމަދު އަލްޤަން ނަބީލެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދައިފައި ވަނީ މަރްޔަމް ޝުރާ ހަސަންއެވެ.