English Edition
Dhivehi Edition

ގއ. ވިލިނގިލި އިންޓަރ އޮފީސް ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2022 ވަނަ އަހަރު ތަންފީޒް ކުރުމަށް ހަމަޖެހިފައިވާ ގއ. ވިލިނގިލި ކުޅިވަރު ކަލަންޑަރުގައި ހިމެނޭ “އިންޓަރ އޮފީސް ބަށި ބޯޅަ މުބާރާތް 2022” މި ހިނގާ އޮކްޓޫބަރު މަހުގެ 28 ވާ ހުކުރު ދުވަހު ހަވީރު ފެށުމަށް ވަނީ ނިންމާފައެވެ.

ގއ. ވިލިނގިލި، ގއ. ކޫއްޑޫ އަދި ގއ. އަތޮޅު އޮފީސް/ކުންފުނި ތަކަށް ނިސްބަތްވާ ޓީމްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން ވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ބަށިބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކުރުމަށް ޚާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަކުރެއްވުމަށްފަހު 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.

2021 ވަނަ އަހަރު ސެޕްޓެމްބަރު މަހު ވެސް ވިލިނގިލީގައި ވަނީ އެރަށުގެ އޮފީސް ތަކުގެ މެދުގައި ބަށިމުބާރާތެއް ބާއްވާފައެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ވިލިނގިލި ކައުންސިލް ޓީމެވެ.