ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް ކޮންޓްރެކްޓް އުސޫލުން ޑްރައިވަރަކު ހޯދަން އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ މިއީ ދެ މަސްދުވަހުގެ މުއްދަތަށް ހޯދާ ޑްރައިވަރެއް ކަމަށާއި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/500 ( ފަސްސަތޭކަ ރުފިޔާ ) ލިބޭނޭ ކަމަށެވެ. އަދި ވޭޖް އެމްޕްލޯއިންމަންޓް ގިންތީގައި ހޯދާ މި ޑްރައިވަރަށް މަސައްކަތު އުޖޫރަ ދެވޭނީ ކައުންސިލުން ނިންމާފައިވާ ނިންމުމާއެއްގޮތަށް ކައުންސިލުން އަންގައިގެން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައިި ކައުންސިލުން އަންގާ ގޮތުގެ މަތިން ބެކްހޯވް ލޯޑަރ ދުއްވުމާއި ބެކްހޯވްލޯޑަރ ބޭނުން ކޮށްގެން ކުރަންޖެހޭ މަސައްކަތްކުރުމާި ވަޒީފާގެ މުއްދަތުގައި ބެކްހޯވްލޯޑަރގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން ވަނީ ހިމަނާފައެވެ.
މި މަގާމުގެ ޝަރުތުތަކަކީ މަސައްކަތުގެ ދާއިރާގައި ގެންގުޅޭ ބަރުއުޅަދު އުފުލޭ ބަރުދަން 4000 ކިލޯ ( 4 ޓަން ) އިން ފެށިގެން މަތީ އުޅަދު ދުއްވުމުގެ ގިންތި C0 އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސެއް އޮތުމެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (09 ޖެނުއަރީ 2022) އާދިއްތަދުވަހުގެ ގެ 14.00ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ އަށް ކަމަށާއި ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް ބުނެފައިވެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްޝޯޓް ލިސްޓުކުރުމަށްފަހު، މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 12 ޖެނުއަރީ 2022 ން 14 ޖެނުއަރީ 2022 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ ގައި އޮންނާނެ ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.