English Edition
Dhivehi Edition
ފޮޓޯ: ބިލަބޮންގް ހައި ސްކޫލް

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ހަތަރު ސުކޫލެއްގެ ފީ ދެއްކޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އެމް-ފައިސާ މެދުވެރިކޮށް ފީ ދެއްކޭ ގޮތަށް އުރީދޫއިން ހަމަޖެއްސީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ހަތަރު ސުކޫލަކަށެވެ. އެއީ ބިލަބޮންގް ހައި، ފިންލެންޑް އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.

އުރީދޫއިން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ދެމުން އަންނައިރު ސްކޫލް ފީދެއްކުމަށްވެސް އެ ކުންފުނިން މިވަނީ ލުއި ފަސޭހަކޮށްފައެވެ. މިގޮތުން ސްކޫލް ފީ ދެއްކުމަށް

  • އެމްފައިސާ އެޕް މެދުވެރިކޮށް ލޮގިންވުން.
  • ކުއްޖަކު ކިޔަވަމުން ދާ ސްކޫލު ހިޔާރުކުރުން.
  • އެޑްމިނިސްޓްރޭޝަން ނަންބަރާއި ޕިން ޖެހުން.
  • ފީ ދައްކަން ބޭނުންވާ ތާރީހް އިހްތިޔާރުކޮށް، އޯޓީޕީ ނަންބަރު ޖެހުން.

އެމް-ފައިސާގެ ތެރެއިން ޕިން ނަންބަރު ބަދަލު ކުރަން ބޭނުން ނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕު މެދުވެރިކޮށް އެކަން ކުރެވޭނެއެވެ.

އެމްފައިސާ އަކީ އުރީދޫގެ ޑިޖިޓަލް ވޮލެޓެކެވެ. އެމްފައިސާގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް، އުރީދޫގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ޓެގު