English Edition
Dhivehi Edition
ފޮޓޯ: އޫރިދޫ

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ގައި ބޭއްވުނު އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ނިމުނީ 20 އެޕްރީލްގައެވެ. އުރީދޫ އިން 18 އެޕްރީލް އިން ފެށިގެން 2 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ހޫނު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ފޯރިގަދަ މެޗު ތަކަކާއެކު ކުޅުންތެރިން މަސައްކަތް ކުރަމުންދިޔައީ ޗެމްޕިއަން ކަން ހޯދާ ފައިސާގެ އިނާމުތައް ހޯދުމަށެވެ. އަދި ހުރިހާ ބައިވެރިންގެ ކިބައިން ވެސް ނަމޫނާ ރީތި ކުޅުން ފެނިގެން ދިޔައެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:

  • ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8000ރ)
  • ރަނަރއަޕް: ރާއިދު ހަސަން (4500ރ)
  • 2ވަނަ ރަނަރއަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500ރ)

އުރީދޫ ނޭޝަންގެ ގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދާ މި މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އުރީދޫއިން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެއެވެ.

ޓެގު