English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

އުރީދޫ އިން ބުނީ މިއީ މުޖުތަމައުގައި އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވި ހަރަކާތްތަކެއް ކަމަށެވެ. މި ގޮތުން މާލެ އާއި އަތޮޅުތަކުގައި އުރީދޫގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި

  • ބޯކިބާ ބެހުން – މާލެ އަދި ހުޅުމާލެ – ކޮންމެ އީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި ފިތުރު އީދުގައިވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ދިޔައެވެ. މިއީ އީދުގައި ޒަމާނުންސުރެ ސަޔަށް ބޯކިބާ ކެއެމުގެ އާދަޔާ ގުޅުވައިގެން އުރީދޫއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
  • އީދު ހަދިޔާ ބެހުން – މިއަހަރުވެސް ކުޑަކުދިންނަށް އިރީދޫގެ ފަރާތުން އީދު ހަދިޔާ ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.
  • އީދު ސައި – އެޗްޑީސީ އާއި ގުޅިގެން ފޭސް 2ގައި އީދު ސައި ވަނީ، އީދު ދުވަހު ހެނދުނު ކުރިއަށް ގެންގޮސްފައެވެ.
  • ކުލަބު ހުޅު އަދި އުރީދޫ ގުޅިގެން ބޭއްވުނު ފެންކުޅި އަދި ވާދެމުން – ކުލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދު ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް ބޭއްވުނެވެ.
  • ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި – ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ބޭއްވުނެވެ.
  • މަޑުއްވަރީ މައިސްޓްރޯ ކަޕް – މ. މަޑުއަވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރަކީ އުރީދޫއެވެ. މިއީ މަޑުއްވަރީ އީދު ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.
  • މިލަންދޫ ކައުންސިލް ކަޕް – ށ. މިލަންދީ ކައުންސިލް ކަޕްގެ ބްރޮންޒް ޕާޓްނަރަކީ އުރީދޫއެވެ. ފުޓުބޯޅަ މުބާރާތްތަކަކީ ގިނައިން އީދާއި ދިމާކޮށް ބޭއްވޭ ހަރަކާތެކެވެ.
  • ކުޑަރިކިލު ފުޓްސަލް މުބާރާތް – ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. މި މުބާރާތަކީ އެ ރަށުގެ ބޭއްވުނު ވަރަށް ފޯރިގަދަ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.
  • އޭދަފުށި ފުޓްސަލް ކަޕް – އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ. މިއީ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުބާރާތެކެވެ.

 

ޓެގު