English Edition
Dhivehi Edition
އީދު ޖަގަޑާ ހަރަކާތުގެ ތެރެއިން ފޮޓޯ: އުރީދޫ

ހުޅުމާލޭގައި ފޯރިގަދަގޮތެއްގައި ފިތުރު އީދު ފާހަގަ ކުރުމަށް ބޭއްވި “އީދު ޖަގަޑާ” ހަރަކާތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

މި ހަރަކާތް އޮތީ އީދު ދުވަހުގެ ހެނދުނު 8.45 އިން މެންދުރު 2:00އަށް ހުޅު ބީޗު ސަރަހައްދުގައެވެ. “ކުލަބު ހުޅު”އިން އިސްނަގައިގެން ބޭއްވި މި ހަރަކާތުގައި ކޯ ސްޕޮންސަރއެއްގެ ގޮތުން އުރީދޫ މޯލްޑިވްސް ވަނީ ބައިވެރިވެފައެވެ.

މިހަރަކާތުގައި ފެންކުޅު ކުޅުމާއި، ފައިގަތަޅާ އަދި ވާދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މޮޅުވާ ޓީމުތަކަށް އަގުހުރު އިނާމުތަކެއް ވެސް ހުށައެޅުނެވެ. ކުޑާކުދިންނަށް ހާއްސަކުރެވިގެން ބޭއްވުނު ގޭމުތަކުގެ ތެރޭގައި ތިންފައި ރޭސް، ގޯނި ރޭސް، ލުބޯ ސަމުސާ ރޭސް ހިމެނެއެވެ. ހުޅުމާލޭގައި ހިމެނޭ ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެ ކުޑަ އީދު ފޯރިގަދަގޮތެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

އުރީދޫ އިން ބުނީމުޖުތަމައުގައި ހިންގާ މިފަދަ އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ފަހުރެއްކަމަށެވެ. އަދި ކުރިއަށް އޮތަތާނގައިވެސް ރައްޔިތުންގެ ފަރާތުން ރޭވިގެން އަންނަ ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޓެގު