English Edition
Dhivehi Edition
އުރީދޫ ހަދިޔާ ފޮށީގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ބައެއް އިނާމުތައް ނަސީބުވެރި ފަރާތްތަކާ ހަވާލުކޮށްފިއެވެ.

އުރީދޫއިން ބުނީ އެއާޕޮޑްސްގެ އިތުރުން އެޕަލް ބްރޭންޑްގެ ގަޑިތަކެއްވެސް އެ ތަކެތީގެ ނަސީބުވެރި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އުރީދޫ އިން ބުނީ ހަދިޔާ ފޮށިން އަދިވެސް ހަދިޔާ ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ. މި ގޮތުން ހަދިޔާ ހޯދުމަށް އުރީދޫ އެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް އޮބާލުމަށް އުރީދޫ އިން ވަނީ އެދިފައެވެ.

އުރީދޫ އިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ފޮށީގައި ބައިވެރި ވެވޭނީ ދުވާލަކު އެއްފަހަރު ކަމަށެވެ.އުރީދޫގެ ހަދިޔާ ފޮށި ހުޅުވުމަށް ފަހު ދެން އެ ކަސްޓަމަރަކަށް އަލުން ފޮށި ހުޅުވޭނެ ގަޑި އެޕުން ފެންނަން ހުންނާނެއެވެ. މީގެއިތުރުން ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން “ސްޓްރީކް” ހެދުމުގެ އިތުރުން “ކަރާ ޕޮއިންޓްސް” ހޯދާ ލީޑާ ބޯޑުގެ އެންމެ ކުރީގައި ހިމެނޭ 3 ފަރާތަކަށް “ވީކްލީ މެގަ ގިފްޓް” ލިބިގެންދާނެއެވެ.

މީގެ އިތުރުން އުރީދޫ ހަދިޔާ ފޮށިން ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ވެސް ލިބިގެން ދާނެއެވެ.