English Edition
Dhivehi Edition
ފޮޓޯ: ފިޔޯރީ ފޭސް ޖަމްއިއްޔާ

ގދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް ޓޯނަމެންޓް 2021″ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފްއެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތަކީ ރަށު ކައުންސިލްތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުން ހިމެނެއެވެ.

ގދ.ފިޔޯރީގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 10 ޓީމުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް އިންތިޒާމްކޮށް ހިންގަނީ ފިޔޯރީ ފޭސް ޖަމްއިއްޔާއިންނެވެ. މި މުބާރާތުގެ ދެ ޑިވިޝަންގައިވެސް ރަތަފަންދޫ، ފިޔޯރީ، ގައްދޫ، ފަރެސްމާތޯޑާ، އަދި މާތޮޑާގެ ޓީމުތަކުން ވަނީ ބައިވެރިވެފައެވެ،

މި މުބާރާތުގެ ޗެމްޕިއަން ޓީމް އަށް 20،000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރއަޕް އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.