English Edition
Dhivehi Edition

ކޮވިޑް-19އާ ގުޅިގެން މިއަދު ގދ. ގެ އިތުރު ދެރަށެއް މޮނިޓަރިން އަށް ލުމާގުޅިގެން ބަންދުކޮށްފައިވާ ރަށްތަކުގެ ޖުމްލަ އަދަދު 38 އަށް އަރައިފިއެވެ.

ރާއްޖެއިން މިއަދު ބަންދު ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ގދ. އަތޮޅުގެ ދެ ރަށެއް ކަމަށްވާ ގދ. ފިޔޯރީ އާއި ގދ. ހޯނޑެއްދޫގެ އިތުރުން ތ. ވިލުފުއްޓެވެ.

މިއަދު ބަންދު ކުރި ރަށްތަކުގެ ތެރެއިން ފިޔޯރީން، ރެއާ ހަމައަށް 39 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އިއްޔެ އެރަށުން ހަތް މީހަކު ކޮވިޑަށް ފައްސިވިއިރު، މިހާރު ބަލި ޖެހިފައި ތިބި 24 މީހަކު އެބަތިއްބެވެ.

ހޯނޑެއްދޫގެ ހާލަތަށް ބަލާއިރު، ރެއާ ހަމައަށް އެރަށުން ޖުމްލަ 177 މީހަކު ކޮވިޑަށް ފައްސިވިއިރު، އިއްޔެ އެރަށުން ފައްސިވެފައި ވަނީ 22 މީހެކެވެ. އަދި މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި 50 މީހަކު އެބަތިއްބެވެ.

މިހާރު ގދ އަތޮޅުގެ މީހުންދިރިއުޅޭ 9 ރަށުގެތެރެއިން މޮނިޓަރިނގް އަށް ނުލައި އޮތީ ގދ ނަޑެއްލާއާއި ރަތަފަންދޫގެ އިތުރުން ފަރެސްމާތޮޑާއެވެ.