English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއްގޮތުގައިކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 59 ވަނަ އަހަރީދުވަހުގެ މުނާސަބާގައި މިއަދު ހެނދުނު ގެނެސްދިން “ބާއްޖަވެރި ހެނދުނެއް” ގެ ހާއްސަ ޕްރޮގްރާމުގައި ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެމީހަކު ލޯބިވާ ފަސްގަނޑުގައި އެމީހެއްގެ އާއިލާއާއެކު ދިރިއުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއްގޮތުގައިކަމަށް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފައިސަލް ނަސީމް ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ލޯފަންކުދިން ތަޢުލީމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ހާއްސަ ޕްރޮގްރާމްގައި ފައިސަލް ނަސީމް ވަނީ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތައްވެސް އަޑުއެހުންތެރިންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކުޑައިރުގެ ދިރިއުޅުއްވުމާ ސްކޫލު ދައުރުގެ ކަންކަމާއި އާއިލާ މެންބަރުންނާއި، އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވާފައެވެ،

މީގެ އިތުރުން ފައިސަލް ނަސީމް ވަނީ ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގައި އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.