English Edition
Dhivehi Edition
ދިގުމުއްދަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަތް މުހައްމަދު އިބްރާހިމް ދީދީ ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ އިނާމު ފުވައްމުލައް ސިޓީގެ ދެ ބޭފުޅަކަށް ލިބިއްޖެއެވެ.

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމް ހާސިލްކުރެއްވި ދެ ބޭފުޅުންނަކީ އަލްފާޟިލް މުހައްމަދު ސައީދު އަހުމަދު، އަހިމާގެ، ހޯދަޑު އާއި އަލްފާޟިލު މުހައްމަދު އިބްރާހިމް ދީދީ، ލީނާ، މިސްކިތްމަގުއެވެ. އިނާމް ހާސިލްކުރެއްވި މުހައްމަދު ސައީދު ވަނީ ދިވެހި ދައުލަތަށް 38 އަހަރު ހިދުމަތްކުރައްވާފައެވެ. އަދި މުހައްމަދު އިބްރާހީމް ވަނީ 41 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައެވެ.

ދިގުމުއްދަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަތް މުހައްމަދު ސައީދު
ފޮޓޯ: ރައީސް އޮފީސް

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.