English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫފޭދޫގައި ޚިދުމަތް ދެމުން އަންނަ 3 އެސް ލައުންޖުން 2022 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ޚާއްޞަ ގާލާ ޑިނަރ ނައިޓެއް ބާއްވަން ނިންމައި އިވެންޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިފިއެވެ.

މީގެ ކުރިން ފޭދޫ ބަނދަރު ސަރަހައްދުގައި ހިންގަމުން އައި 3އެސް ލައުންޖް، މުޅިން އާ ކޮންސެޕްޓަކާއެކު ރީބްރޭންޑްކޮށް އަލުން ހުޅުވާފައިވަނީ ތްރީ އެސްގެ ވޭވް ސައުންޑް ގެސްޓްހައުސް އާ، އިން ވެގެން ބީޗް ސަރަހައްދުގައެވެ.

ގާލާ ޑިނަރ އާއި ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން 3އެސް ލައުންޖް އިން ބުނީ އާރލީ ބާރޑް ގެ ގޮތުގައި ޑިސެމްބަރު 25 ވަނަ ދުވަހާ ހަމައަށް 250ރުފިޔާގެ ރޭޓުން ޓިކެޓް ވިއްކާފައިވާނެ ކަމަށާއި އޭގެ ފަހުން މިހާރު ޓިކެޓް ވިއްކަމުން ދަނީ 300ރުފިޔާ އަށް ކަމަށެވެ.

“މިހާރުވެސް 100 އަށް ވުރެ ގިނަ ފަރާތަކުން ވަނީ ރިޒަވޭޝަން ހައްދައި ފައިސާ ދައްކާ ނިންމާފަ . 25 ޑިސެމްބަރުގެ ފަހުން ރިޒަވޭޝަން ހެދޭނީ 300ރުފިޔާއަށް. ޖާގަ ފުލްވަންދެން އަދިވެސް ބުކް ކުރެވޭނެ” 3 އެސް މައުލޫމާތު ދެއްވެވިއެވެ.

ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ އޮންނަ މި ގާލާ ޑިނަރ ގައި 2022 ވަނަ އަހަރުގެ ކައުންޓްޑައުން އާއި ލައިވް މިޔުޒިކް އޮންނާނެ ކަމަށް އެފަރާތުން ބުނެއެވެ. މި ގާލާ ނައިޓްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9735353 މި ނަމްބަރަށް ގުޅުމުން ރިޒަވޭޝަންގެ ކަންތައް ކުރިއަށް ގެންދެވޭނެއެވެ.

ތްރީ އެސް ލައުންޖް އަކީ ގުދުރަތީ ރީތިކަން ހާމަވާ ގޮތަށް މޫދު ސަރަހައްދުގައި، އޮޕެން އޭރިއާ ގައި ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ތަނެކެވެ. އާއިލާއާއި އެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށާއި، ރޮމެންޓިކް ޑޭޓް ތަކާއި އެދަފަ ސެލެބްރޭޝަންސް ތަކަށް އެއީ ހަމަ އެންމެ ރަނގަޅު ޗޮއިސް ކަމަށް އައްޑޫގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.